ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާ ބޭފުޅުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ، 2009 ވަނަ އަހަރުގެ ބަޔާން ފޯރމް ޑައުންލޯޑް ކުރައްވާ

acrobat
2008 ވަނަ އަހަރުގެ ބަޔާން ހުށަހެޅުއްވުމަށްވެސް މިފޯމް ބޭނުންކުރެއްވޭނެއެވެ.

ފޯމް ފުރިހަމަކުރެއްވުމުގައި ސަމާލުކަން ދެއްވަން ބައެއް ކަންތައް

މިފޯމުގައި ހިމަނުއްވާ މަޢުލޫމާތުގައި 2009 ވަނަ އަހަރުގެ ތެރޭގައިހިނގާފައި ހުރި ކަންތައްތަކާއި އަދި އަހަރު ނިމުނުއިރުގެ ހިސާބުތަކާއި މިދެބާވަތުގެ މަޢުލޫމާތު ރިޕޯޓުގައި ހިމަނުއްވަންޖެހޭނެކަމުގައި ފާހަގަކޮށް، މިދެބާވަތުގެ މަޢުލޫމާތު ހުށަހަޅުއްވާނެ ގޮތް ތިރީގައި ދަންނަވާލަމެވެ.

• ސަފްހާ 3 ގައިވާ އާމްދަނީގެ މަޢުލޫމާތުގެ ގޮތުގައި ހިމަނުއްވާނީ 2009 ވަނަ އަހަރު ލިބިވަޑައިގަތް އާމްދަނީ އެވެ. މިސާލަކަށް 2009 ވަނަ އަހަރު މުސާރައިގެ ގޮތުގައި މަހަކު ލިބިވަޑައިގެންފައިވަނީ 50,000 ރުފިޔާ ކަމުގައިވާ ނަމަ އެއަހަރުގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަތް އާމްދަނީގެ ގޮތުގައި ފޯމުގައި ބަޔާންކުރައްވާނީ 600,000 ރުފިޔާ (50,000 ރުފިޔާ × 12 މަސް ދުވަސް) ކަމުގައެވެ.

އަދި ޙިއްސާއިން ލިބިވަޑައިގެން ޑިވިޑެންޑްގެ ގޮތުގައި ލިޔުއްވާނީ މުޅި އަހަރު ލިބިވަޑައިގެން އެކިއެކި ޑިވިޑެންޑްގެ ޖުމުލައެވެ.

• ސަފްހާ 4 ގައިވާ ބޭންކް އެކައުންޓް ބާކީ ފަދަ މަޢުލޫމާތަކީ ރިޕޯޓް ތައްޔާރުކުރައްވާ މުއްދަތު ނިމުނުއިރު ހުރި މުދަލާއި ފައިސާގެ ބާކީއެވެ. މިސާލަކަށް ބޭންކް އެކައުންޓެއްގައި 10 ނޮވެމްބަރ 2009 ގެ ނިޔަލަށް ހުރީ 1,000 ރުފިޔާކަމަށްވާނަމަ ފޯމުގައި ލިޔުއްވާނީ 1,000 ރުފިޔާ ކަމުގައެވެ. އަހަރު ނިމުނުއިރުގެ ބާކީ ބައްލަވާނީ ޑިސެމްބަރ 2009 ގެ ބޭންކް ސްޓޭޓްމަންޓުންނެވެ.

އަދި ކްރެޑިޓް ކާޑުގެ ބާކީ ކަމުގައި ލިޔުއްވާނީ 2009 ވަނަ އަހަރުގެ އެންމެފަހުގެ ސްޓޭޓްމަންޓްގެ ބާކީ، ނުވަތަ 2010 ގެ އެންމެ ފުރަތަމަ ސްޓޭޓްމަންޓްގެ ފެށޭ ބާކީ (އޯޕަނިންގ ބެލެންސް) އެވެ.



Corruption affects Everyone