ރައްޔިތުން މައްސަލަތައް ހުށަހެޅުއްވުމަށް
މިސަފްޙާ ޚާއްސަކުރެވިފައިވަނީ ތިޔަބޭފުޅުން އޮޑިޓަރ ޖެނެރަލް ބެއްލެވުމަށް އެދި ހުށަހަޅުއްވާ މައްސަލަތަކާއި މިވެބްސައިޓާއި އަދި މިއޮފީސް ތަރައްގީ ކުރުމަށް ތިޔަބޭފުޅުން ހުށަހަޅުއްވާ ޚިޔާލުތައް ލިޔުއްވުމަށެވެ. މިގޮތުން ހުށަހަޅުއްވާ މައްސަލަތައް މިވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ. ނަމަވެސް ޝާއިއުކުރެވޭނީ މައްސަލަ ހުށަހަޅުއްވާ ފަރާތުގެ އިއުތިރާޒެއް ނެތްނަމަ އެއީ ކޮންފަރާތެއްކަން ނޭގޭ ގޮތަށް ނަންސިއްރު ކުރެވިގެންނެވެ. އަދި ހުށަހަޅުއްވާ މައްސަލަތަކާ އެމައްސަލަތައް ނިމެމުންދާގޮތް މިވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.
މިމައްސަލަތައް ލިޔުމުން ހުށަހަޅުއްވަން ބޭނުންފުޅު ނުވާކަމަށްވާނަމަ މިފަދަ މައްސަލަތައް އެސް.އެމް.އެސްއިން ނުވަތަ ފޯނުންވެސް އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުއްވިދާއެއެވެ. އޮޑިޓަރ ޖެނެރަލްގެ މޯބައިލް ނަމްބަރަކީ 7777174 އެވެ.
އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅުއްވާ މައްސަލަތައް ތެދުބަހުން، ހަގީގަތާ ޚިލާފުނުވެ، އަދި ސިޔާސީ ކުލަވަރާއި ޒާތީ ޠަޢައްސަބާއި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި މީހުންގެ އަބުރާ ނުބެހި، ހުށަހެޅުއްވުމަށް އޮޑިޓަރ ޖެނެރަލް އިލްތިމާސް ކުރައްވައެވެ.
