އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓަށް މަރުހަބާ
އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ ގާނޫނު އަސާސީ އިސްލާހު ކުރެވި، ފުރަތަމަ ފަހަރަށް އެކުލަވާލެވުނު އޮޑިޓް ގާނޫނު (2007/4) ގެދަށުން ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން މިނިވަންވެ މުސްތަޤިއްލުވެފައިވާ މުއައްސަސާއެކެވެ. މިގާނޫނުގެ ދަށުން ހަމަޖެހުނު ފުރަތަމަ މުސްތަޤިއްލު އޮޑިޓަރ ޖެނެރަލް އައްޔަނު ކުރެވުނީ 16 ޖެނުއަރީ 2008 ގައެވެ.
އޮޑިޓަރ ޖެނެރަލްގެ މައިގަނޑު މަސައްކަތަކީ ސަރުކާރުން ކުރާ ހޭދައާއި، ދައުލަތުގެ މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ސަރުކާރު މަސްޢޫލު ކުރުވައި ޖަވާބުދާރީ ކުރުވުމެވެ. އަދި ފައިސާއާއި މުދާ ބޭނުންކުރެވެނީ ހެޔޮގޮތުގައި ހުރިހާ ރައްޔިތުންގެ ފައިދާއަށްތޯ ބަލައި، ފައިސާ ގެންގުޅުމާއި ޚިދުމަތް ދިނުމުގައި ގެންގުޅޭ ނިޒާމު ހަރުދަނާކުރުމެވެ.
ގާނޫނު އަސާސީގެ ދަށުން އޮޑިޓަރ ޖެނެރަލްގެ މަގާމުގެ ދައުރަކީ 7 އަހަރެވެ. އަދި އޮޑިޓަރ ޖެނެރަލްއާ އެއޮފީހުގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ ބައެއްނޫނެވެ.
މިވެބްސައިޓް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ފެނިވަޑައިގަންނަވާނެއެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތައް ތައްޔާރު ކުރެވެނީ އާއްމުކޮށް ދިވެހި ބަހުން ކަމަށްވާތީ އިގިރޭސިބަހުން އެކުލަވާލެވި މިވެބްސައިޓްގައި ހިމެނޭނީ ބައެއް ރިޕޯޓާއި ޚުލާސާ ރިޕޯޓެވެ.
