އޮޑިޓް ޤާނޫނު (2007/4) ގައިވާގޮތުން އޮޑިޓަރ ޖެނެރަލް ޖަވާބުދާރީވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ އޮޑިޓަރ ޖެނެރަލް ކުރައްވާ އޮޑިޓްތަކުން ފެންނަ ކަންތައްތަކުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށާ، އެ އޮޑިޓް ކުރެވޭ އިދާރާއަށާ އަދި ރަައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައި އަދި މިރިޕޯޓުތައް އާއްމުކޮށް ޝާއިޢުކޮށްގެންނެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީސްވެސް ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ހޮވާ މުސްތަޤިއްލު އޮޑިޓަރަކު ލައްވާ އޮޑިޓް ކޮށް އެރިޕޯޓްވެސް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި އާއްމު ކޮށްގެންނެވެ. މިގޮތުން މިހާތަނަށް ކުރެވުނު އެންމެ ފުރަތަމަ އޮޑިޓަކީ 2007 ވަނަ އަހަރުގެ މިއޮފީހުގެހިސާބުތަކުގެ އޮޑިޓްކަމުން އެންމެ ފުރަތަމަ ވެބްސައިޓްގައި ޝާއިއު ކޮށްފައި އެވަނީ މިއޮފީހުގެ ރިޕޯޓެވެ.