އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ އެއްވެސް މިނިސްޓްރީއެއްގެ ދަށުން ހިނގާތަނެއްނޫނެވެ. މިވަގުތު އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިގަނީ ފިނޭންސް މިނިސްޓްރީވެސް ހިނގާ ޢިމާރާތުގެ ދެފަންގިފިލާ އެއްގައި ނަމަވެސް ފިނޭންސް މިނިސްޓްރީއަކާ އޮފީސް ހިންގުމުގެ އެއްވެސް ގުޅުމެއްނެތި މިއޮފީސް ހިނގަމުން ދަނީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާތަނެއްގެ ގޮތުގައެވެ.